ބޮލީވުޑްގެ ކިންގް ޝާޙް ރުކް ޙާންގެ ކުރިއަށް އޮތް ފިލްމު ޕަތާންގެ ޓީޒާ އާއްމު ކުރުމާއި އެކު މި ފިލްމަށް ކެތްމަދުވެފައިވާކަން އާއްމުން ހާމަކުރަން ފަށައިފިއެވެ.
މި ފިލްމަކީ ޝާޙް ގެ އިތުރުން ބަތަލާ ދީޕިކާ ޕަޑުކޯން އާއި ޖޯން އަބްރަހަމް ވެސް ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގެ ޓީޒާ އާއްމުން އަށް ނެރިފައި މިވަނީ ޝާޙްގެ އުފަން ދުވަހުގައެވެ. ޓީޒާ އާއްމު ކުރުމާއި އެކު މުޅި ސޯޝަލް މީޑިއާއަށް ވަނީ ވައިރަލްވެފައެވެ.
އަދިތިޔާ ޗޯޕްރާގެ ޔާޝްރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ ސިދާތު އާނަންދު ޑައިރެކްޓް ކުރާ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި މީގެ ކުރިން ޝާޙްގެ ފެނިފައި ނުވާ ސްޓައިލްއެއްގައި ތަފާތު އެކްޝަން ރޯލަކުން އޭނާ ފެނިގެންދާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ފިލްމު ބެލުންތެރިންއާއި ހަމައަށް ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ކަމަށް ޑައިރެކްޓަރު ސިދާތު ވަނީ ހާމަކޮށްފައެވެ.