ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލް އިޝާން ކައްޓަރު މިހާރު ހުރީ ހުސްކޮށް ކަމަށް އޭނާ ހާމަކޮށްފިއެވެ.
މީގެ ކުރިން އަނަންޔާ ޕާންޑޭ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައި މި ދެ ފަންނާނުން ވަނީ ވަކިވެފައެވެ. މި ފަހުން އިޝާން ދީފައިވާ އިންޓަވިއުއްގައި އޭނާ އަށް ވަނީ އޭނާގެ ލޯބީގެ ގުޅުމާއި މެދު ސުވާލުކޮށްފައެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބޭބެ ޝާޙިދު ކައްޕޫރުގެ ނަސޭހަތުގެ ބޭނުން އޭނާ އަބަދު ވެސް ހިފަމުން އަންނަ ކަމަށާއި އޭގެ ސަބަބުން އޭނާއަށް ދިރިއުޅުމުގައި ބޮޑެތި ކުރިއެރުން ލިބެމުންދާ ކަމަށެވެ.
އެގޮތުން މީހަކާއި ލޯބީގެ ގޮތުން ގުޅުން ނަމަވެސް ހަމައެކަނި އެ ގުޅުމަށް މީހާ ހުސްވެގެން ނުހުރެ އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުމަށް ވެސް ބޭބެ ނަސޭހަތް ތެރިވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އެއީ ތެދު ވާހަކަ ކަމަށާއި އެ ގުޅުމަށް މީހާ ހުސްވެގެން ހުންނަ ނަމަ ދިރިއުޅުމުގައި ކާމިޔާބު ވާން އުނދަގޫވާނެ ކަމަށް ވެސް އިޝާން ވަނީ ހާމަކޮށްފައެވެ.