ރާއްޖޭގެ ސިޔާދަތަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިއުމަށް ސަރުކާރުން ހުޅުވާލައިފައިވާ ފުރުސަތު ކަމަށް އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ނަޞްރުގެ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ނާޒިމް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިން ކާމިޔާބު ހޯދީ ހިތްވަރާ ސާބިތުކަމާއެކު ކަމަށެވެ. އެ ދުވަހުގައި 19 މީހަކު ޝަހީދުކޮށްލި ކަމަށާއި ބައެއް މީހުން ރަހީނު ކުރެވުނު ކަމަށާއި އެ ދުވަހުގެ ހަނދާންތައް ފިލައިނުދާ ކަމަށެވެ.
އަދި މިއަދު ރާއްޖޭގެ ސިޔާދަތަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން ދިއުމަށް ސަރުކާރުން ހުޅުވާލައިފައިވާ ފުރުސަތު ކަމަށް އޭނާ ވިދާޅުވިއެވެ.އެފަދަ ފުރުސަތެއް އެއްވެސް ވަރަކަށް ލިބޭނެ ގޮތަށް ސިޔާސަތު އެކުލަވައިނުލެއްވުމަށާއި މިހާރުގެ ސިޔާސަތަށް ރުޖޫޢަވުމަށް ވެސް ނާޒިމް ވަނީ ގޮވައިލައްވާފައެވެ.
ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލައާ ގުޅިގެން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން ނިންމާފައެއް ނޯންނާނެ ކަމަށެވެ.
ތި ވާހަކައިން ތި އިނގޭނީ ފޯޅަވަހީ އޭރު ވެސް އެހެން ބަޔަކަށް ދީގެން އުޅޭ ކަން. މިދިޔަހާ ދިގު ޒަމާނުގައި ތި އެންމެން ވެރިކަންކުރީ ގޯސްކޮށްނޭ ތިބުނެވުނީ އޭގެ ބައިވެރިންގެ ދުލުން. ރައްޔިތުން އަހަރެމެން ބޭނުންވަނީ އެރަށްތަކާއު އެސަރަހައްދު އެކީ