ކޮވިޑާ ގުޅިގެން އިގުތިސާދު ދަށްވެފައިވާ މި ދަނޑިވަޅުގައި ޓެކްސް ބޮޑު ކުރުމަކުން އިތުރަށް ލިބޭނެ ފައިސާއެއް ނުހުންނާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ސަރުކާރުން ހުށަހެޅީ އަންނަ ޖަނަވަރީ މަހުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ. ޖީއެސްޓީ ބޮޑުކުރުމުން މުދަލާއި ޚިދުމަތުގެ އަގު 2.5 އިންސައްތަ އުފުލޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުން މަޖިލީހުގެ މުޅި ކޮމިޓީން ބިލު ފާސްކޮށްފައިވާއިރު ބޮންޑެ އިގުތިސާދުގެ އެއް ފައިބިނދިފައިވާ ދަނޑިވަޅެއްގައި ދިރިއުޅުމުގެ އަގުމަތިވާ ޓެކްސް އިތުރުކުރުމަކުން ނެތް ކިރެއް ނުނުކުންނާނެ ކަމަށެވެ. އަދި 2011 ގައި މިކަން ކުރަން ކޮންމެ އަހަރަކު ލިބޭ 1.5 ބިލިއަން ރުފިޔާގެ ޑިއުޓީ ނެގުން ހުއްޓާލި ކަމަށެވެ.