ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ އެ ވިދާޅުވާ ގޮތަކަށް އަމަލުކުރައްވާ ބޭފުޅެއް ކަމަށާއި ތަފާތަކީ އެއީކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައެވެ.
ސަމީރު ވިދާޅުވީ ރައީސް ޞާލިޙަކީ ކެތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެއީ ބަސްމަދު އަމަލު ގިނަ ބޭފުޅެއް ކަމަށް ވެސް ސަމީރު ސިފަކުރެއްވިއެވެ.
”ބަސްމަދު އަމަލު ގިނަ ބޭފުޅެއް ރައީސުލްޖުމްހޫރިއްޔާއަކީ. އެ މަނިކުފާނަކީ އަމަލާ އެއްގޮތަށް އެ ވިދާޅުވެފަ އޮންނަ ބަސްފުޅާ އެއްގޮތަށް އަމަލު ކުރައްވާ ބޭފުޅެއް. އެއީ އަޅުގަނޑުމެންގެ މިހާރުގެ ރައީސްގެ ތަފާތަކީ. ހަމަ މީހަކު އެއްޗެއް ބުނާއިރަށް ފުންމައިގެން އައިސް އެއާ ވިއްދައި ޖަދަލުކޮށެއް ނޫޅުއްވާނެ.“
އަދި އެ މަނިކުފާނު އިޚްތިޔާރު ކުރައްވަނީ މަޑުމައިތިރި ސިފަކަމަށް ސަމީރު ވިދާޅުވިއެވެ.
ކާތިބަކައްއުޅުނުމީހަކައްވަޒީރުކަންދިނުމަކީވަރައްބޮޑުކަމެއްއަސްކުވެސް