ޤައުމިއްޔަތުގެ ވިންދު ނުޖަހާ ހިތަކުން ކިތަންމެ ބޮޑު ގެއްލުމެއް ވެސް ދީފާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ ޢުދުވާނީ ހަމަލާ ދިނީ ވެސް އަދި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެ ހިފުމަށް ގޮވައިލީ ވެސް ޚާއިނުން ކަމަށެވެ. އަދި މި ޤައުމުގެ ސިޔާދަތު ވިއްކައިލީ ވެސް ޚާއިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެންމެންނަކީ ވެސް ޤައުމުގެ ޢަދުއްވުން ކަމަށާއި އެކަން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 03 ގެ ގައި ރާއްޖެއަށް ޢުދުވާނީ ހަމަލާއެއް ދިނީ ދިވެހިންގެ މަދު ބަޔަކު ބޭރު ބަޔަކާ ގުޅިގެންނެވެ. ލަންކާގެ ޕްލޮޓް ޖަމާޢަތާ ގުޅިގެން ދިން ހަމަލާގައި ދިވެހިންގެ 19 މީހަކު ޝަހީދުވިއެވެ.
މިވެސް އެކަހަލަ ބޮޑުފޫނުބެއްދޭވަރުގެ ގެއްލުމެއް ވިސްނާނުލާ ކުރެވޭ ކަންތަކުގެ ނަތީޖާ އުފުލައްޖެހުނުލެއް ލަސްތަ ދެންވެސް