އެމް.ޑަބްލިއު.އެސް.ސީން 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ފެން ބިލު ނުދެއްކުމުގެ ސަބަބުން އަރާ ޖޫރިމަނާ މާފްކޮށް ދިނުމުގެ ޕްރޮގްރާމުގެ މުއްދަތު ހަމަވާން ކައިރިވެއްޖެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ، ނުދައްކާ ހުންނަ ފެން ބިލު ދެއްކުމަށް ލުއިފަސޭހަ ގޮތެއް ހަމަޖެއްސުމަށް 2019 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ކުރިއަށް ގެންދާ ފެންބިލު ޖޫރިމަނާ މައާފްކުރުމުގެ ޕްރޮގްރާމަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް މުއްދަތު ހަމަވާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމްގެ މުއްދަތުގައި ފެން ބިލުތައް ނުދައްކާ ގިނަ ދުވަސް ވެފައި ހުރި ނަމަވެސް އަރާ ޖޫރިމަނާ ދައްކަން ނުޖެހި، ހުރިހާ ބިލަކަށްވާ ފައިސާ ހަމަޔަށް ދެއްކުމުން ޖޫރިމަނާ މާފްކުރާނެއެވެ. އަދި އެއްފަހަރާ އެ ފައިސާ ދައްކަން އުނދަގޫ ފަރާތްތަކަށް އިންސްޓޯލްމެންޓަށް ބަހާލައިގެން ފައިދާ ދެއްކުމުގެ ފުރުސަތުވެސް އޮވެއެވެ.
އެމް.ޑަބްލިއު.އެސް.ސީން ވަނީ މިއަހަރު ނިމުމުގެ ކުރިން ބިލްތައް ދެއްކުމަށް އިލްތިމާސްކޮށްފައެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ސާފްކުރަން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ހޮޓްލައިން 105 މެދުވެރިކޮށށް ލިބޭނެއެވެ.