ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެއްބައިވަންތަކަމަކީ ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު-ރައީސް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 3, 2022
ޚަބަރު
0
އެއްބައިވަންތަކަމަކީ ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރު-ރައީސް

ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީ ރައްޔިތުންގެ އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

މިގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާންތެރިކަމާއި ހިތްވަރާއި ސާބިތުކަމާއެކު މާތް ނިޔަތެއްގައި ޖިހާދުކުރާ ކޮންމެ މީހަކަށްވެސް، މާތް ﷲގެ މަދަދާއި ނަޞްރުން ކާމިޔާބު ދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ނަސްރުގެ ދުވަހުން ލިބޭ އަނެއް ޢިބުރަތަކީ، ދުޝްމަނުންގެ މަކަރުވެރި ރޭވުންތަކާއި ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކާ މެދު، އަބަދުވެސް ހޭލައި ތައްޔާރުވެ ތިބެންޖެހޭނެކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ ޤާބިލުކަމާއި ހިތްވަރާއި ކެރުން ހުރި ދިވެހި ޒުވާނުންތަކަކަށް ޤައުމު ބޭނުންވާ ކަމަށެވެ. އަދި، ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދުޝްމަނުންގެ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލެވޭނެ އެންމެ ވަރުގަދަ ހަތިޔާރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

”ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލަޔާއެކު ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލިއެވެ. އަޅުގަނޑުމެންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ. ކުށެއް ނެތް ދިވެހި އަޚުންތަކެއް ޝަހީދުވުމުން، އަޅުގަނޑުމެންގެ ހިތްތައް ޒަޚަމްވެ ކުދިކުދިވެގެން ދިޔައެވެ. ނަމަވެސް، މާތް ﷲގެ ނަޞްރާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަން ފަނޑުވެގެންނެއް ނުދެއެވެ. އެ ދުވަހު ދިވެހިންނަށް އެކަލާނގެ ދެއްވި މަތިވެރި ނަޞްރުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުމެވެ. ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އިތުރުކުރުމުގެ ވަރުގަދަ ރޫޙު މުޅި ޢަސްކަރިއްޔާގައި ދެމެހެއްޓުމަށް، ސިފައިންގެ ކޮންމެ މީހަކު ފަރުދީ ގޮތުންވެސް މަސައްކަތް ކުރުމެވެ.“ ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމު ދިފާޢުކުރުމަށް، ދިވެހި އުންމަތް ތެދުވީ އެއް ހަށިގަނޑެއް ފަދައިންކަމަށާއި، މާތް ﷲ ދިވެހިންނަށް އެ ދުވަހު ދެއްވި ސާބިތުކަމުގެ އަޞްލަކީ، ދިވެހިންގެ ހިތްތަކުގައި އޮތް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާކަމަށް ވިދާޅުވިއެވެ. އެ ދުވަހު ދިވެހިންނަށް ދެއްވި ހިތްވަރުގެ ސިއްރަކީ، ދިވެހިންގެ ހިތްތަކުގައި މި ވަޠަނާ މެދު އޮތް ޤައުމީ ލޯބިކަމަށް ސިފަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންގެ ހަކަތައަކީ، ދިވެހި ޢަސްކަރިއްޔާއާ މެދު ދިވެހިންގެ ހިތްތަކުގައި އޮތް އިތުބާރާއި ޔަޤީންކަންކަމަށްވެސް ވިދާޅުވެފައެވެ. އަދި ދުޝްމަނުންނަށް ލިބުނު އެންމެ ބޮޑު ބިރާއި ސިހުމަކީ، ދިވެހިންގެ ކިބައިން ފެނުނު އެއްބައިވަންތަކަމާއި އެކުވެރިކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މި މަތިވެރި ސިފަތަކަކީ، މި ޤައުމުގެ ދިފާޢުގައި އެންމެ އިހުއްސުރެ ޖިހާދުކުރެއްވި ޤައުމީ ބަޠަލުންގެ ފުށުން ވާރުތަވެފައިވާ، ދިވެހި ޤައުމިއްޔަތުގެ ކީރިތިކަމާއި މޫރިތިކަމުގެ ރަމްޒުތަކެވެ. ޢަލީ ރަސްގެފާނުގެ މަތިވެރި ޤުރުބާނީ އާއި ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދާއި، ދޮން ބަންޑާރައިންގެ ޖިހާދުންވެސް އަޅުގަނޑުމެންނަށް ފެންނަން ހުރީ މި ސިފަތަކެވެ. 3 ނޮވެންބަރު 1988ގެ ޢުދުވާނީ ޙަމަލާއިން މި ޤައުމުގެ ދިފާޢުކޮށްދިން އެންމެ އިސް ބަޠަލުކަމަށް ދިވެހި އުންމަތް ހެކިވާ، ހދ. ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި މަތިވެރި ޤުރުބާނީ ރަމްޒުކޮށްދެނީވެސް ހަމަ މި ސިފަތަކެވެ.“ ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައިވަނީ، ޤައުމުގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި ޤުރުބާންވި އެތައް ދިވެހިންނެއްގެ ހަނދާންތައް އައުކުރާ މިފަދަ ކޮންމެ މުނާސަބަތެއްގައި، ހަނދާނުގައި ބަހައްޓަންވީ މި ޤައުމަށްޓަކައި އަދާކުރަން ޖެހިފައިވާ ޤައުމީ ވާޖިބުކަމަށް ވިދާޅުވެފައެވެ. އެއީ ހަމަ ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތާއި ޤައުމުގެ ޞުލްޙަ މަސަލަސްކަން އިސްކުރުމަށް މަސައްކަތް ކުރުމާއި، ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކަންކަމަށް އިސްކަން ދިނުމުގެ ސިފަތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި އަށަގެންނެވުމަށްޓަކައި، އެ ދަރިންގެ ހިތްތަކުގައި ޤައުމާ މެދު ލޯތްބާއި ކުލުނު އުފައްދަން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

މިއަދަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، މާލެއަށް ދެވުނު ޢުދުވާނީ ޙަމަލާއަށް 34 އަހަރު ފުރުނު ދުވަހެވެ. އެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ: ރައީސް ޞާލިހް

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ: ރައީސް ޞާލިހް

އޮކްޓޯބަރ 2, 2023
ސައްހަ 3,000 ފޯމު އެބައޮތް، ހުއްދަ ނުދެނީސް އީސީން ނުނިކުންނާނަން: ޑިމޮކްރެޓްސް

ނިޒާމީ ވޯޓުގެ ކަންކަން ޑިމޮކްރެޓްސްއިން ކުރާނީ ޕީޕީއެމް/ޕީއެންސީގެ މަޝްވަރާގެ މަތީން: ޙަސަން

އޮކްޓޯބަރ 2, 2023
މާލެ ތަރައްޤީ ކުރީ އެހެން ހުރިހާ އަތޮޅުތަކެއްގެ މީހުންގެ ޚަރަދުގައި: އާޒިމާ

ވެރިކަން ބަދަލުވުމާ ދޭތެރޭ ދުސްތޫރީ އޮނިގަނޑު ބަދަލު ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވޭ: އާޒިމާ

އޮކްޓޯބަރ 2, 2023
ކައުންސިލް އިންތިޚާބު ބާއްވާތާ 01 މަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ފާސްކޮށްފި

ނިޒާމީ ވޯޓާމެދު ގޮތް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ

އޮކްޓޯބަރ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In