ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހިމޭން މެންދަމަކުން ނާމާން ފަތިހަކަށް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 3, 2022
ފީޗަރ, ރިޕޯޓް
0
ހިމޭން މެންދަމަކުން ނާމާން ފަތިހަކަށް

ގަޑިން ފަތިހު 4:36 ހާއިރެވެ. ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ. ބަންގީގެ އަޑު ޖަހަމުންދިޔަ އޭކޭ 47 އާއި ޖީ 3 އާއި އަދިވެސް އެފަދަ ބަޑިތަކުގެ އަޑު ފޫއަޅުވައިލިއެވެ. އިސްލާމީ މަރުކަޒުން ގޮވަމުންދިޔަ ބަންގީގެ އަޑު ނުނިމެނީސް ބަންގީގެ އަޑު ކެނޑިއްޖެއެވެ. އަނެއްކާ ވެސް ކުރިން އިވެމުންދިޔަ ބަޑީގެ އަޑުފައްގަނޑު މާލޭގެ ޖައްވުގައި ގުގުމައިލިއެވެ.

މި ދައްކަނީ ގަދަ ނޫކުލައިގެ އިންޑިއާ ކަނޑުގައިވާ ފެހިކުލައިގެ ކުދި ޖަޒީރާތަކުގެ އަހުލުވެރިން ފަހުގެ ތާރީޚެއްގައި ބިރުން ފިތްކަނޑައިގެން ދިޔަ ދުވަހުގެ ވާހަކައެވެ. އަމާންކަމާއެކު ނިދާފައި ތިބި ރައްޔިތުންނަށް ކުރިމަތިވި ނާމާން ފަތިހުގެ ވާހަކައެވެ. ފަހުގެ ތާރީޚެއްގައި ރާއްޖެއަށް އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާގެ ވާހަކައެވެ. ނުވަތަ ބަޑިބުރާސްފަތީގެ ވާހަކައެވެ. އާދެ 1988 ނޮވެމްބަރު ތިންވަނަ ދުވަހުގެ ވާހަކައެވެ.

އެ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެ، މި ލޮބުވެތި ވަޠަނަށް އަރައިގަންނަން ބަޔަކު ކުރި ވިޔާނުދާ އަމަލެއްގައި ކުށެއްނެތް ދިވެހި ދަރީންތަކަކާއި، ހިތްވަރުގަދަ ސިފައިންތަކެއް ޝަހީދުވެގެން ދިޔަ ”ކަޅު“ ދުވަހެކެވެ.

ދިވެހިރާއްޖެއަށް ޚިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޣީ ގުރޫޕެއް ކަމަށްވާ ”ޕްލޯޓް” ގެ އެހީގައި ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ދިވެހިންގެ މިނިވަންކަން ނަގައިލުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ މީހުންގެ ރޭވުން ”ފެއިލް“ ކޮށްލީ ”އަށްޑަނައަކަށް މަގޭ މޭ“ ހަދާނަމޭ ބުނެ ގައުމު ދިފާއު ކުރުމަށް ނުކުތް ސިފައިންގެ ހިތްވަރުގަދަ ބަތަލުންނެވެ. ފަސްޖެހުމެއް ނެތި ބާޣީންނާއި ޖިހާދު ކުރުމަށް ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ސިފައިންތަކެއް ނުކުމެ ގައުމު ސަލާމްތަކޮށްދިން އިރު ދިވެހިންގެ ލޯތަށް ވަނީ ކަރުނުން ތެންމައިލާފައެވެ. އެހެނީ އެއްވެސް ކުށެއް ނެތް ސިފައިންގެ އަށް ބޭކަލުން ހިމެނޭހެން 19 ދިވެއްސެއްގެ ލެއިން މާލޭގެ މަގުތަށް ފާއްދައިލުމުންނެވެ.

ނޮވެމްބަރު ތިނެއްގައި ސިފައިން ވެދެއްވި މަތިވެރި ގުރުބާނީއާއި ހިތްވަރުން އަދި ދިވެހި ރައްޔިތުން އެ ދުވަހު ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ދިވެހިންނަށް މިއަދު ވަނީ ނަޞްރު ލިބިފައެވެ. މިއަދު ދިވެހިން ދެކެމުން މިދާ މިނިވަންކަމުގެ ހަޤީޤީ އަސްލަކީ މިގައުމަށްޓަކައި ޝަހީދުވި ޝަހީދުންނެވެ. ނަޞްރުގެ ދުވަހުގެ ގޮތުގައި ނޮވެންބަރު މަހުގެ ތިންވަނަ ދުވަސް ފާހަގަކުރުމުގެ އަސްލަކީ ވެސް އެއީއެވެ.
މިއަދު އެ ބިރުވެރި އަދި ލޭއޮހޮރުވުން ބޮޑު ހަމަލާގެ ހަނދާންތައް ގިނަ ބަޔަކު ނެތަސް 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 އަކީ ރާއްޖޭގެ މިފަހުގެ ތާރީޚުގައި ސިފައިން ކުރި އެންމެ ބޮޑު ޖިހާދެވެ.

އެއީ އެއްވެސް މީހަކަށް، އެއްވެސް ސުވާލެއް އުފެއްދެން ނެތްހާ ސާފުކޮށް އޮތް ކަމެކެވެ.

އެ ދުވަހު ދިވެހި ސިފައިން ކުރި ހިތްވަރުގެ އަގުވަޒަންކުރަން، މިހާރުގެ ސިޔާސީ ޚިޔާލު ތަފާތުވުމުގައި ބައެއް މީހުން ބޭނުން ނުވިޔަސް އެ ޖިހާދާ މެދު، ދިވެހިން އިއްޔެ ވެސް، މިއަދު ވެސް އަދި މާދަމާ ވެސް ފަޚުރުވެރިވާން ޖެހޭނެ އެވެ. އެ ދުވަސް ދުށް ދިވެހިން އޭރު އޮއްސައިލި ގައުމީ ރޫހާއި އެއްބައިވަންތަކަމާއި ހަމަލާގައި ބައިވެރިވި މީހުން ދެކެ އައި ރުޅިވެރިކަން ތާރީޚުގައި ލިއެފައިވެއެވެ.

ބޭރު ގައުމުތަކުގެ އަތްދަށަށް މި ގައުމު ނުގޮސް މިނިވަންކަން މަތީ ދެމިއޮތުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް ދަމަހައްޓަވާންދޭވެ!

ގުޅުންހުރި ލިޔުންތައް

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
ގާއިމުކުުރާނީ ދެފުށް ފެންނަ ސަރުކާރެއް, ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނަން: މުޢިއްޒު

ގާއިމުކުުރާނީ ދެފުށް ފެންނަ ސަރުކާރެއް, ފޮރުވާނެ އެއްވެސް ކަމެއް ނުބާއްވާނަން: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފި

ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފި

ސެޕްޓެމްބަރ 26, 2023
ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ގައުމިއްޔަތު ނެތިކޮށްލަން: މުޢިއްޒު

ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ގައުމިއްޔަތު ނެތިކޮށްލަން: މުޢިއްޒު

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In