ސައިނަސްގެ އުނދަގުލަކީ ގިނަ ބަޔަކު ތަހައްމަލް ކުރަމުން އަންނަ ބޮޑު ވޭނެކެވެ. ސައިނަސްގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ނޭވާލާން އުނދަގޫވުމާއި ރޯގާޖެހި ނޭފަތުން އަރިދަފުސް އައުން ހިމެނެ އެވެ.
މިކަމަކީ ގޭގައި ހުރެގެން ވެސް ހައްލު ކުރެވިދާނެ ކަމެކެވެ. އެގޮތުން ތާފަނާ ފެނާއި، ލޮނު ކޮޅެއް އެއްކޮށްގެން އެއިން އަގަޔާއި ނޭފަތް ދޮވުމުން ވެސް ފަސޭހަވެއެވެ.
ހަށިގަނޑުގެ މޮއިސްޗަރ ލެވެލް އިތުރު ކުރުމަށް ގިނައިން ދިޔާތަކެތި ބުއިމަކީ ސައިނަސް އަށް ރަނގަޅު ހައްލެކެވެ. ސައި، ޖޫސް އަދި ފެން ބުއިން އިތުރުކޮށްލުމުން ސައިނަސްގެ އުނދަގޫތައް މަދުކޮށްދެ އެވެ. މިކަމުގައި ނިއުޓްރިއެންޓްސް ގިނަ މޭވާ އަދި ތަރުކާރީ ޖޫސް ބުއިމަކީ އެންމެ އެކަށީގެންވާ ގޮތެވެ.
ސައިނަސް ހުންނަ ނަމަ ބާރުގަދަ އެންޓިބަޔޮޓިކްސް ބޭނުންކުރުމުގެ ބަދަލުގައި ތެޔޮ ކޮޅަކުން ބޯ މަސާޖްކޮށްލާށެވެ. އެގޮތުން ލެވެންޑާ ތެޔޮ، އިކެލިޕްޓަސް ތެޔޮ ނުވަތަ މެންތަލް ތެލުން ބޯ މަސާޖް ކޮށްލާށެވެ.
މީގެ އިތުރުން ނިދާ ކޮޓަރީގައި ހިއުމިޑިފަޔަރ އެއް ބޭނުން ކުރެވިދާނެ އެވެ. އޭރަށް ކޮޓަރީގެ ވައިގެ ތެތްކަން އެއްވަރެއްގައި ހިފަހައްޓައިދޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ނިދާގަޑީގައި ނޭފަތް ބްލޮކް ވުމާއި ނޭފަތުން ދަވަ ނުވަތަ ރޯގާ އައުން ކޮށްޓްރޯލް ކޮށްދެ އެވެ.