ބޮލީވުޑްގެ ބަތަލް ސަލްމާން ޙާންގެ ސެކިއުރިޓީ ވައި ޕްލަސްއަށް އިތުރުކޮށްދީފި ކަމަށް އެގައުމުގެ މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ސަލްމާންގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ އިންޑިއާގެ ރެޕް ލަވަ ކިޔުންތެރިޔާ ސިދޫގެ މަރާއި އެކު ސަލްމާން ޙާން މަރާލާނެ ކަމަށް ބުނެ އެކި މީހުން އިންޒާރު ދެމުން ދަނިކޮށެވެ. އެގޮތުން ސަލްމާން އާއި އޭނާގެ އާއިލާ ބައެއް މެންބަރުންއަށް ވެސް ވަނީ ބޮޑެތި އިންޒާރުތައް ފޮނުވައިފައެވެ.
އެގޮތުން ފުލުހުން ބަޑި ހިފާއިން ސަލްމާން ކައިރީ އޭނާގެ ސެކިއުރިޓީ ވަރުގަދަ ކޮށްދެން ދެން ހުންނާނެ ކަމަށް އިންޑިއާގެ ސަރުކާރުން މި ވަނީ ހާމަކޮށްފައެވެ.
ސަލްމާންގެ އިތުރުން އަކްޝޭ ކުމާރުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްދީފައެވެ. އިންޑިއާގައި ބޮލީވުޑްގެ އެކި ފަންނާނުންއަށް މަރުގެ އިންޒާރުތައް ދެމުން ގެންދާ ކަމަށް ގިނަ ތަރިން ތަކެއް ދަނީ ބުނަމުންނެވެ.