ބޮލީވުޑްގެ ކިންގް ޝާޙް ރުކް ޙާން އަކީ އޭނާ ފިލްމީ ދާއިރާއަށް ނުކުތުމަށް ފަހުގައި އޭނާގެ ކޮންމެ އުފަން ދުވަހަކުވެސް ސަޕޯޓަރުން ކުރި މައްޗަށް ނުކުންނަ ފަންނާނެކެވެ.
އެގޮތުންއޭނާ ވަނީ އެއް އަހަރުގެ މެދު ކެނޑުމަކަށް ފަހުގައި ހަގު ދަރިފުޅު އަބްރަހަމް އާއި އެކު މި ފަހަރު ބެލްކަނީ އަށް ނުކުމެފައެވެ. ޝާޙް އަށް 57 އަހަރު ފުރުމާއި އެކު އޭނާ ގެ ކައިރިއަށް ވަނީ ގިނަ އަދެދެއްގެ ސަޕޯޓަރުން އެއްވެސް އެއްވެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ޝާޙްގެ އުފަން ދުވަހާއި ދިމާކޮށް ދޮށީ ފިރެހެން ދަރިފުޅު އާރްޔާމް މަސްތުވާ ތަކެތީގެ މައްސަލަ އެއްގައި ބަންދުގައި ހުރުމުން ޝާޙް މިދިޔަ އަހަރުގެ އުފަން ދުވަސް އެއްވެސް ވަރަކަށް ފާހަގަ ކޮށްފައެއް ނުވެއެވެ.
ބޮލީވުޑްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޝާޙް ދެން ފެނިގެންދާނީ ދީޕިކާ ޕަޑުކޯން އާއި ޖޯން އަބްރަހަމް އެކު ފެނިގެންދާ ޕަތާން އިންނެވެ.