ހީލަތްތެރި ރޭވުންތަކަށް ފާރަވެރިވެ، ހޭލާ ތިބެގެން މި ފަސްގަނޑު ހިމާޔަތްކުރަން ޢަޒުމް އާކުރަންޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މި އަހަރުގެ ނަޞްރުގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ ނަޞްރުގެ ދުވަސް ވެސް ސާބިތުކޮށްދެނީ މިނިވަންކަމުގެ ދިފާޢުގައި ދިވެހިން ޝަހީދުވާން ތައްޔާރުކަން ކަމަށެވެ. އަދި ކުޑަ ގައުމަކުން މިނިވަންކަން ނެގެހެއްޓުމުގައި ދިވެހިން ވަނީ ނަމޫނާ ދައްކާފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ހީލަތްތެރި ރޭވުންތަކަށް ފާރަވެރިވެ، ހޭލާ ތިބެގެން މި ފަސްގަނޑު ހިމާޔަތްކުރަން ޢަޒުމް އާކުރަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަޞްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 3 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 03 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ލިބުނު ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.