މިއަދުން ފެށިގެން މަސައްކަތް ކުރާނީ ސަރުކާރުގެ ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.
އެ ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ދެންމެ ވިދާޅުވީ މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރު ޒިންމާދާރު ކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް ދާދި ދެންމެއަކު އެމްއެންޕީގެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެމްއެންޕީއަކީ މިދިޔަ އަހަރު އުފެއްދި ޕާޓީއެކެވެ. އެ ޕާޓީއަށް އެއް އަހަރުވެފައިވާއިރު ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަަމަށް ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ.
ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުނެފައިމިވަނީ އެ ޕާޓީއަކީ މި ސަރުކާރަށް ތާއީދުކުރާ ޕާޓީއެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވަނިކޮށެވެ.