ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

މާމެންދޫއާއި ނިލަންދޫ ހެލްތު ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅަށް ނިމޭނެ

މުހައްމަދު އާސިފް ލިޔުނީ: މުހައްމަދު އާސިފް
ނޮވެމްބަރ 2, 2022
ޚަބަރު
0
މާމެންދޫއާއި ނިލަންދޫ ހެލްތު ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅަށް ނިމޭނެ

ގއ. މާމެންދޫއާއި ނިލަންދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން މަސައްކަތްތައް އަންނަ އަހަރު ކުރީކޮޅަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިހެން ވިދާޅުވީ، މި ދެ ރަށުގެ ހެލްތު ސެންޓަރުގެ އެކްސްޓެންޝަނާއި ލެބޯރަޓަރީގެ މަސައްކަތްތައް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއްވެފައިވާތީ، އެ މަސައްކަތްތައް އަލުން ފެށޭނެ ތާރީޚެއް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ގއ. މާމެންދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލާ ޙަވާލުކޮށްގެން ކުރިއަށްގެންދެވުނު ޕްރޮޖެކްޓެއްކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް ނުނިމި ގިނަ ދުވަސްވުމުގެ ސަބަބުން އެ ކޮންޓްރެކްޓް ބާޠިލުކޮށް، އެހެން ބަޔަކާ މިހާރު މަސައްކަތް ޙަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތް އަންނައަހަރުގެ ފެބްރުއަރީއަށް ނިންމާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މާމެންދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމާ ލެބޯޓްރީ ޤާއިމުކުރުމަށް އަޅަންޖެހޭ އިމާރާތް އެޅުމަށް ކޮންޓްރެކްޓަރަކާ ޙަވާލުކުރެވި މި ދެ ޕްރޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީއަށް ނިންމާލެވޭނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވެނީ“ ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ، ގއ. ނިލަންދޫ ހެލްތު ސެންޓަރުގެ މަސައްކަތަކީވެސް ކައުންސިލާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއްކަމަށާއި، އެ ޕްރޮޖެކްޓުވެސް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ކޮންޓްރެކްޓް ބާޠިލުކޮށް، ނުނިމިހުރި މަސައްކަތްތައް ބަޔަކާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަންނަ އޭޕްރީލްމަހަށް މި މަސައްކަތް ނިންމާލުމަކީ އަމާޒެއްކަމަށެވެ.

”ނިލަންދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމާއި ލެބޯޓްރީ ޤާއިމުކުރުމަށް އަޅަންޖެހޭ އިމާރާތް އެޅުމަށް ދެ ފަހަރު އިޢުލާންކުރުމުންވެސް ހުށަހަޅާފައިވާ ބިޑްތައް މާ ބޮޑަށް އަގުބޮޑުކަމަށްވާތީ އަލުން އިޢުލާން ކުރުމަށް ވަނީ ހަމަޖެހިފައި. މި ޕްރޮޖެކްޓުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލްމަހަށް ނިންމާލެވޭނެކަމަށް އަޅުގަނޑުމެން އުއްމީދުކޮށްގެން މި ހުންނަނީ. އިރާދަކުރެއްވިއްޔާ އެ ޓާގެޓަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން“ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވީ، ކުދި ރަށްރަށުގައި ބޭނުންކުރުމަށް ބަގީ އެމްބިއުލާންސްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޗައިނާގެ ޕާޓީއަކާ އެކަމާގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ މާބޮޑު ތަފްޞީލެއް މިނިސްޓަރ ދެއްވާފައެއްނުވެއެވެ. މިނިސްޓަރ ނަސީމް ވިދާޅުވީ، ޞިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗަރއަށް މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައިވެސް ރަށްރަށުގެ ހެލްތު ސެންޓަރުތަކާ ހޮސްޕިޓަލުތަކާ ގުޅޭ މުހިއްމު މަސައްކަތްތަކެއް ހިމަނާފައިވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

”ޕްރައިމަރީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށްވާނެ“

ނަޝީދު އެމްޑީޕީއަށް ގެންނަން އެންމެން ތާއީދު ކުރިޔަސް އަޅުގަނޑު ނުކުރާނަން: އިބުރޭ

އޮކްޓޯބަރ 2, 2023
13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

އޮކްޓޯބަރ 2, 2023
ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

ޑރ.މުއިއްޒުގެ ފުރަތަމަ ވައުދު ފުއްދައިފި ކަމަށް ޣައްސާން ވިދާޅުވެއްޖެ

އޮކްޓޯބަރ 1, 2023
އިންތިޚާބީ ހައްގު އަދާކުރުމުގައި ނަޒާހަތްތެރިކަން އިސްކުރައްވާ- އޭސީސީ

ވޯޓުލުން ކުރިއަށް ދިޔައިރު ފައިސާ ބެހުމުގައި އުޅުނުކަމަށް ބެލެވޭ މީހެއްގެ މައްސަލަ ބަލަނީ

އޮކްޓޯބަރ 1, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In