ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ, ފަނޑިޔާރުކަމުގެ މަގާމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށެވެ.
ޖޭއެސްސީން އެ ގޮތަށް ނިންމީ އޭނާއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު 22 މައްސަލައެއްގެ ތެރެއިން ދެ މައްސަލަ ސާބިތުވުމުންނެވެ. އަނެއް 20 މައްސަލަ ސާބިތެއް ނުވިއެވެ.
އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލަތަކުގެ ތެރެއިން ސާބިތުވީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް އޭނާ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވާ މައްސަލައާއި ކޯޓުގެ ރަސްމީ ގަޑީގައި ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށް ބުނާ މައްސަލައެވެ.