މިއަދު ހަވީރު ސިފައިން ބަންޑާރަކޮށީގައި ބަޑި ޖަހާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ މައަދު ބަންޑާރަކޮށީގައި ކުރިއަށްގެންދާ ތަމްރީނެއްގައި، ހަވީރު 16:15 އާއި 17:30 އާ ދެމެދުގެ ވަގުތެއްގައި ފަޔަރ ކުރުންތަކެއް (ބަޑި ޖެހުން) ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބަންޑާރަ ކޮށީގައި ކުރިއަށް ގެންދާ ތަމްރީނާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.
ބަންޑާރަ ކޮއްޓަކީ ޖުމްހޫރީ މައިދާން ކައިރީ ހުންނަ ސިފައިންގެ މައި މަރުކަޒެވެ.