ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަމުން ގެންދާ ކަމުގެ ތުހުމަތު ކުރެވޭތީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު މަގާމުން ވަކި ކޮށްދެއްވުމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ސިޓީފުޅެއް ފޮނުއްވާފަކަމަށާއި އެ ސިޓީ ރައީސަށް ލިބިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކަށަވަރުކޮށްދެއްވާފައެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކޮސްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓާރ ފޮނުވާފައިވާ ސިޓީފުޅެއް ރައީސް އޮފީހަށް ލިބިފައިވާކަމަށެވެ. ނަމަވެސް އެކަމާއި ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.
ދާދިފަހުން 100 ވެހިކަލެއް ގަވާއިދާއި ޚިލާފަށް ރަޖިސްޓްރީ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި ޝިމާޒުގެ ބައިވެރިވުމެއް އޮތްކަން ވަނީ ހާމަވެފައެވެ. މީގެކުރިން ވެސް ޝިމާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނެވެ. އެއީ ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަންބަރު ޕްލޭޓް ބަދަލު ކުރަން ޖެހޭ ގޮތަށް ހަމަޖައްސާ އެކަން ޓްރާންސްޕޯޓު މިނިސްޓްރީ އިން ހަވާލުކުރި މައްސަލައެވެ. އެ މަސައްކަތް ހަވާލުކުރިއިރު އެ މިނިސްޓްރީގެ ބިޑު ކޮމެޓީގެ ޗެއާއަކަށް ހުންނެވީ ޝިމާޒެވެ.
އެ މަސައްކަތް ޓްރާންސްޕޯޓު މިނިސްޓްރީ އިން ހަވާލު ކޮށްފައި ވަނީ ވަސާޖިޔޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށްވެއެވެ. އަދި އެ ކުންފުނި ހޮވި ގޮތާއި މެދު ގިނަ ބަޔަކު މީގެކުރިން ވަނީ ސުވާލު އުފައްދައިފައެވެ. އަދި ވަސާޖިޔޯ އަށް އެ މަސައްކަތް ހަވާލު ކުރުމުގައި ބޮޑެތި ހިޔާނާތްތަކެއް ހިނގާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.
ނަމަވެސް ޝިމާޒަށް ކުރައްވާ ތުހުމަތުތައް އޭރުވެސް އަދި މިހާރުވެސް އޭނާ ދޮގު ކުރައްވައެވެ. އަދި އޭނާ އަށް ހަވާލު ކޮށްފައިވާ ޒިންމާ އަދާ ކޮށްފައި އޮންނާނީ ގާނޫނާއި އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މިނިސްޓްރީގެ މަސައްކަތްތައް ކުރާއިރު މިނިސްޓަރަށް އެނގިވަޑައިނުގަތް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް ޝިމާޒު ވިދާޅުވިއެވެ. އޭނާ ވަނީ ކުރާ