2023 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތަށް އެއްވެސް ފައިސާއެއް ނެތުމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހަށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވައިފައެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ނަމުގައި ޢިމާރާތެއް އެޅުމަށް 2023 ވަނަ އަހަރުގެ ބަޖެޓްގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ. އަދި ޢަރަބިއްޔާ ސްކޫލް މިވަނީ ވުޖޫދުން ގެއްލިފައި ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.
ޗާންދަނީމަގުގައި ހުރި ޢަރަބިއްޔާގެ ޢިމާރާތުގެ ގިނަ ތަނބުތަކެއްގައި ރެނދުލައި, ގެއްލުންވަމުންދާތީ މިދިޔަ ޖަނަވަރީން ފެށިގެން ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި ޢިމާރާތުގައެވެ.
ސަރުކާރުން ވަނީ ބާޖަމާލުއްދީނު ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް ހަދަން ނިންމައިފައެވެ. އެޑިއުކޭޝަނުން ކުރިން ހާާމަކުރި ގޮތުގައި އަންނަ އަހަރު އެ ޢިމާރާތް ނިމޭނެއެވެ.
ޢަރަބިއްޔާ ދަރިވަރުން މިހާރު ކިޔަވަމުންދާ ޢިމާރާތަކީ ވަށައިގެން ބެދި, ދަރިވަރުންނާއި ޓީޗަރުންނަށް ހެލިފެލިވެ އުޅެން ދަތި ތަނެކެވެ. އެސެމްބްލީއާއި ޖަލްސާތައް ބާއްވާނެ އެކަށޭނެ ޖާގައެއް ނެތެވެ. ލައިބްރަރީއާއި, ލެބޯޓަރީގެ ޚިދުމަތް ވެސް ދަރިވަރުންނަށް ނުލިބެއެވެ. ޖަލްސާކުރާނެ ހޯލެއް, ކުޅިވަރު ކުޅެލާނެ ތަނެއް ނެތެވެ.
ބަޖެޓްގައި ހޮސްޕިޓަލް ތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާއިރު ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މުސާރަ ބޮޑުކުރާ ވާހަކައެއްނެތް.!!!؟؟؟؟؟. މިވާހަކަ ދައްކާ ބަޔަކުވެސް ނެތް ހިތާމަހުރިކަމެއް. އެމީހުންގެ މުސާރަ ބޮޑު ނުކޮށް ޖީއެސްޓީ ެެސްނަގަނީ….