ފުލުހުން ގދ.އަތޮޅުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގަމުންދާ އެ އޮޕަރޭޝަނުގައި ހޯޑެއްދޫން ތިން މީހަކު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ. އޭގެތެރެއިން އެކަކު ހައްޔަރުކޮށްގެން ގެންދިޔަ މަގުމަތީގައި ވަނީ ނިޔާވެފައެވެ.
އަނެއް ދެ މީހުންގެ ބަންދަށް ފުރަތަމަ ޖެހި ހަތް ދުވަސް ހަމަވުމުން އިއްޔެ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ.
މި އޮޕަރޭޝަނުގައި ހޯޑެއްދޫން ވަނީ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހޯދައިފައެވެ. އެނގިފައިވާ ގޮތުން އެ ރަށު ވަލުތެރޭގައި ވަޅުލާފައި ހުއްޓާ 15 ކިލޯގެ މަސްތުވާތަކެތި ވަނީ ހޯދައިފައެވެ.