އަވަށްޓެރި އިންޑިއާގައި ގްރޭޑް 12 ގައި ކިޔަވަމުން ދިޔަ ދަރިވަރަކު ސުކޫލަށް ދިއުމަށް ފަހުގައި ގެއަށް އައުން ލަސްވެ ހޯދިއިރު ފެނުނީ މަރުވެފައި އޮއްވާ ކަމަށް އާއިލާއިން ހާމަކޮށްފިއެވެ.
އެގޮތުން ކަންޕޫރުގެ ސްކޫލުގައި ކިޔަވަމުން ދިޔަ މިދަރިވަރު ހޯމަ ދުވަހުގެ ކްލާސް ނިންމާލުމަށް ފަހުގައި ގެއަށް އައުން ލަސްވެ އޭނާ ހޯދުމުގެ މަސައްކަތް އާއިލާއިން ފުލުހުންއާއި ގުޅިގެން ކުރަމުން ގެންދިޔަ ކަމަށް ވެސް އާއިލާ އިން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ދަރިފުޅު ފެނިފައިވަނީ ގެއާއި އެއް ކިލޯ މީޓަރު ދުރުގައި ހުރި ރެއިލް ސްޓޭޝަން އަކުން މަރުވެފައި އޮއްވާ ކަމަށް ވެސް އޭނާ ގެ މަންމަ ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ބޭރުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި އޭނާގެ އަތުގައި އަޅާފައި އޮތް ގަޑި ފިޔަވާ އިތުރު އެއްޗެއް ގެއްލިފައި ނުވާ ކަމަށެވެ.
އަދި މި މައްސަލަ ބޮޑަށް ބެލެވެނީ ގަސްތުގައި ރާވައިގެން މަރާލައިފާ ވާކަމަށާއި މި މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ