ބޮލީވުޑްގެ ބަތަލާ ސިލްޕާ ޝެޓީއާއި ވިޔަފާރިވެރިޔާ ރާޖް ކުންދްރާގެ ގުޅުން ނިންމަން އުޅޭ ކަމުގެ ވާހަކައަށް ރާޖް ރައްދު ދީފައެވެ.
ޓުވިޓާއިން އާއްމުން ކުރަމުން ދިޔަ ސުވާލު ތަކަށް ޖަވާބު ދެމުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އާއި ސިލްޕާ އަބަދު ވެސް އުޅެނީ ލޯބިން ކަމަށާއި އެދެމީހުންގެ ގުޅުމަކީ ލޯބީގެ ގުޅުމެއްތޯ ސުވާލު ކުރުމުން އެ ސުވާލަށް އޭނާ ކޮންމެހެން ވެސް ތަފްސީލީ ޖަވާބެއް ދޭން ބޭނުންވާ ކަމަށެވެ.
އެގޮތުން މިހާ ދުވަހު ދެމީހުންއަށް އެއްކޮށް އުޅެވުމުގެ ސިއްރަކީ ވެސް ދެމީހުން އެކަކު އަނެކަކަށް ކުރާ އިޙްތިރާމް އާއި ދޭ ލޯބި ކަމަށް ވެސް ރާޖް ވަނީ ހާމަކޮށްފައެވެ. އަދި ލޯތްބާއި ނުލައި ކައިވެނި ކުރިއަށް ނުދާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އެގޮތުން ނޮވެމްބަރު މަހު 22 ވަނަ ދުވަހަކީ ކައިވެންޏަށް 13 އަހަރު ފުރޭ ދުވަސް ކަމަށާއި އޭނާގެ އެދުމަކީ ވީހާވެސް ގިނަ ފަރާތް ތަކުން އެ ގުޅުމަށް މަރުޙަބާ ކިޔުން ކަމަށެވެ.