ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފްގެ ކުރިއަށް އޮތް ފިލްމު ”ފޯނު ބޫތު“ގެ ކޮންމެ މަންޒަރެއް ވެސް އެހާމެ މަޖާ ކަަމަށް ފިރިމީހާ ވިކީ ކައުޝަލް ހާމަކޮށްފިއެވެ.
އެގޮތުން މި ފިލްމުގެ ސްކްރީނަށް އެޓެންޑް ވުމަށް ފަހުގައި ވިކީ ވަނީ މިއީ ބޮލީވުޑްގެ މީގެ ކުރިން އުފައްދާފައި ނުވާ ކަހަލަ މަޖާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްެމެއް ކަމަށާއި މި ފިލްމުގެ ކޮންމެ މަންޒަރެއް ވެސް އެހާމެ މަޖާ ކަމަށެވެ.
ހޯމަ ދުވަހު ނެރިފައިވާ ސްކްރީން އަކީ އެކްޓަރުން އާއި އެމީހުންގެ ގާތް ރަހުމަތް ތެރިން އަދި އާއިލާއަށް ހާއްސަކޮށް ބޭއްވި އެއްޗެކެވެ. މި އާއްމުންއަށް ސިނަމާތަކަށް ނެރެން ހަމަޖެހިފައިވަނީ ނޮވެމްބަރު 4 ގައެވެ.
ގުރްމީތު ސިންގް ޑައިރެކްޓް ކުރާ މި ފިލްމުގައި ކެޓްރީނާގެ އިތުރުން އިޝާން ޚައްތަރުއާއި ސިދާންތު ޗަތުރަވެދީ ވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.