ބޮލީވުޑްގެ ކުޅަދާނަ ތަރި ޖެކީ ޝްރޮފް އާއި ސުނިލް ޝެޓީ އަކީ މީގެ އެތައް އަހަރެއް ކުރިއްސުރެ ގާތް ދެ ރަހުމަތްތެރިންނެވެ.
މި ފަހުން އަމީތާބު ހޯސްޓްކުރާ ”ކޯން ބަނޯގީ ކަރޯޑް ޕަތީ“ ގައި ވާހަކަ ދައްކަމުން ސުނިލް ވަނީ އޭނާ އާއި ޖެކީގެ ނޭނގޭ އެތައް ސިއްރެއް ހާމަކޮށްފައެވެ.
ސުނިލް ހާމަކޮށްފައިވާ ގޮތުގައި ޖެކީގެ ފިލްމަކުން ޓިކެޓު ނުވިކި ހުރުމުން ސުނިލް ވަނީ ނުވިކި ހުރި ހުރިހާ ޓިކެޓެއް ވެސް އެފަހަރު ގަނެފައި ކަމަށެވެ. އަދި ޖެކީގެ ފިލްމެއް ވިއްޔާ ރީތި ވާނެ ކަމަށާއި އެ ފިލްމެއް ފްލޮޕް ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ސުނިލް އާއި ޖެކީ އެއްކޮށް ފެނިގެން ދިޔަ ފިލްމު ތަކުގެ ތެރޭގައި ”ރެފިއުޖީ“ ”ބޯރޑާ“ ”ބާޒް“ އަދި ”އަޕްނާ ސަޕްނާ މަނީ މަނީ“ އަކީ ފާހަގަ ކޮށްލެވޭ ފިލްމު ތަކެވެ.
ލިޔާނެ ޙަބަރެއް ނެތީތޯ ތިވާހަކަ ތިލިޔެލީ މައްސަލެއެއް އޮވެން ނޫން ހަމައަހާލީ ތާކުން ތާކު ނުޖެހޭ މަުލޫމާތު ހިއްސާކުރާތި!!!!
ހިއެއް ނުވެމިކޮމެންޓް ތިނޫހުން ގަބޫލްކޮއްފާނެހެން