ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމްގެ ދަރިކަލުން ޒިޔާ ޢައްބާސްގެ ޒިކުރާ އައުކޮށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ޓުވީޓެއް ކުރައްވައިފިއެވެ.
ޢުމުރުން 53 އަހަރުގައި ޒިޔާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެމްޑީޕީގެ ހަރަކާތްތަކުގައި ކުރިން ބައިވެރިވި ޒިޔާ ނިޔާވުމާގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒިޔާއަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ ކުރިއަށް އިސް ނެންގެވި އެއް ބޭފުޅާ ކަމަށެވެ.
ޒިޔާއަކީ މިނިވަން ރޭޑިއޯ ފެށުނީއްސުރެ މަސައްކަތް ކުރެއްވި ހީވާގި ޒުވާނެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.