ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމްގެ ދަރިކަލުން ޒިޔާ ޢައްބާސް ނިޔާވެއްޖެއެވެ.
މިއަދު ހެނދުނު ކުއްލި ގޮތަކަށް ޒިޔާ ނިޔާވީ ޢުމުރުން 53 އަހަރުގައެވެ.
ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އީވާން ނަސީމް މަރުވި މައްސަލައިގައި މާލޭގައި އޭރު ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޒިޔާއަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައި ޝަރީޢަތް ހިންގިއެވެ. އަދި މައުމޫންގެ ވެރިކަމާ ދެކޮޅަށް އޭރު ހިންގި ހަަރަކާތްތަކުގައި ވެސް ޒިޔާ ވަނީ ބައިވެރިވެފައެވެ. އެ ގޮތުން ޒިޔާ ވެފައިވަނީ އެމްޑީޕީގެ ގާތް މީހަކަށެވެ.
ޒިޔާގެ ޖަނާޒާ ކުރިއަށްދިޔައީ މިރޭ ޢިޝާނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.