ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަންނަ ހަފުތާގައި އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން އައްޑުއަށް ފުރާވަޑައިގަންނަވާނީ މި މަހުގެ 06 ވާ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެ ދަތުރުފުޅު ކުރިއަށްދާނީ އެ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ޔާމީން ހިތަދުއާއި, ފޭދުއާއި, މަރަދުއާއި, މަރަދޫފޭދުއާއި, ހުޅުދޫމީދުއަށް ވަޑައިގަންނަވާނެެއެވެ.
މި ދަތުރުފުޅުތަކީ 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރުމުގެ އިތުރުން ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވާ 4 ވަނަ ދަތުރުފުޅެވެ.