ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ހަނިމާދޫ އެއަރޕޯޓަކީ މިލިޓަރީ ތަނެއްނޫން އެތަން ހިންގާނީ ދިވެހިން – ޢަބްދުލްޣަފޫރު

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 1, 2022
ޚަބަރު
0
ހަނިމާދޫ އެއަރޕޯޓަކީ މިލިޓަރީ ތަނެއްނޫން އެތަން ހިންގާނީ ދިވެހިން – ޢަބްދުލްޣަފޫރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިލިޓަރީ އެއަރޕޯޓެއްނޫންކަމަށާއި، އެތަން ހިންގާނީ ދިވެހި ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަންނަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންކަމަށާއި، ބޮޑު ތިލަދުންމައްޗަށް އިޤްތިޞާދީ ބޮޑު އިންޤިލާބެއް ގެނުވާނެ، ހދ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްޤީކުރުމަށް އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިއުންތަކާ، ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ވުޖޫދުވިފަހުން ފާއިތުވި 30 ހަކަށް އަހަރުގެ ތެރޭގައި އެތަނަށް ނުގެނެސްދެވުނު ތަރައްޤީއާއި ޒަމާނީ ކުރިއެރުން މި ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. ހަނިމާދޫ އެއަރޕޯޓް މިލިޓަރީ ތަނަކަށް ހަދަންއުޅޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތައް ދޮގުކުރައްވާ މެންބަރު ޢަބްދުލްޣަފޫރު ވިދާޅުވީ، އެއީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއްކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ މަޝްރޫޢެއްކަމަށާއި، އެތަން ހިންގާނީވެސް ދިވެހި ސަރުކާރުންކަމަށް މެންބަރު ވިދާޅުވިއެވެ.

”އަޅުގަނޑަކީވެސް ތިލަދުންމައްޗަށް އުފަން ދަރިއެއް. ތިލަދުންމަތިން އަކަ އިންޗިއެއްވެސް ބޭރުގެ ފަރާތްތަކަށް ދޫކޮށްލަން އަޅުގަނޑުވެސް ފުރަތަމަ އެއްބަހެއްނުވަން. އެހެންނަމަވެސް މިއަދު ޒިންމާދާރު ފަރާތްތަކުން ރައްޔިތުން ކައިރީ މި ވާހަކަތައް އޮޅުވާލައިގެން ދައްކާތީ އެއީ ލަދުވެތިކަމެއް. ތިލަދުންމަތީގެ ރައްޔިތުންނަށް އެނގޭނެ މިސަރުކާރުން ހަނިމާދޫ އެއަރޕޯޓް އަޅާނެކަން. އަދި އިރާދަކުރެއްވިއްޔާ އެއަރޕޯޓް އެއްކޮށް ނުނިމުނަސް، މި ވެރިކަން ނިމުމުގެ ކުރިން ހަނިމާދޫއަށް ބޮޑެތި ބޯޓުތައް ޖައްސާނެ. އެ އުއްމީދުގައި އަޅުގަނޑުމެން މިތިބީ“ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރީ 2012 ވަނަ އަހަރުއެވެ. ނަމަވެސް ޚިދުމަތުގެ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެގޮތުންވެސް އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެމުން ނުދެއެވެ. އެހެންކަމުން އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުންކަމަށާއި، ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަމަށް ބުނެފައިވެއެވެ.
މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In