ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ރާއްޖޭން ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ މަޢާފުކޮށްދިނުމަށް އެދިއްޖެ

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
ނޮވެމްބަރ 1, 2022
ޚަބަރު
0
ރާއްޖޭން ބޭރުކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ މަޢާފުކޮށްދިނުމަށް އެދިއްޖެ

ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯރޓް ކުރާ ކަނޑުމަހާއި މަހުގެ އުފެއްދުންތަކުން ނަގަމުންދާ 20 އިންސައްތައިގެ ޑިއުޓީ މައާފުކޮށްދިނުމަށް އެދިއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު، އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، ޖޭމްސް ކްލެވަލީ އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާޙިދު ވަނީ ފޮރިން ސެކްރެޓަރީ ގެ މަގާމަށް ޖޭމްސް އަލުން އައްޔަންކުރެވުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ދަންނަވާފައިއެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ މަސްލަހަތު ހުރި އެކި ދާއިރާތަކުގައި އިނގިރޭސިވިލާތާއެކު ރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި ސެކްރެޓަރީ ކްލެވަލީ ވަނީ ދެގައުމުގެ ދެމެދުގައި މިހާރު ގުޅުން އޮތް ދާއިރާތައް މުރާޖަޢާކޮށް، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރަށް ފުޅާކުރުމަށް މަގުތައް ބައްލަވައި މަޝްވަރާކުރައްވާފައެވެ.

މިގޮތުން، ދެގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. ވަކިން ޙާއްސަކޮށް ދިވެހި ކަނޑު މަހާއި މަހުގެ އެކި އުފެއްދުންތައް އިނގިރޭސިވިލާތަށް އެތެރެ ކުރާ އިރު ޑިއުޓީ މައާފުކޮށްދިނުމަށް މިނިސްޓަރ ޝާޙިދު ޙާއްސަ މަޝްވަރާތަކެއް ކުރެއްވިއެވެ.

ރާއްޖެ އަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަންނެލި އެތެރެކުރާ އެއް ގައުމަކަށް ވާއިރު، އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން 20 އިންސައްތައިގެ ޑިއުޓީއެއް މިވަގުތު ނަގައެވެ.

ފޮރިން ސެކްރެޓަރީގެ އިތުރުން، މިނިސްޓަރ ޝާޙިދު ވަނީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ މިޑްލް އީސްޓް، ސައުތް އޭޝިއާ އެންޑް ޔުނައިޓެޑް ނޭޝަންސް އަދި ޖިންސީ އަނިޔާ ހުއްޓުވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހަމަޖައްސަވާފައިވާ ޙާއްސަ މަންދޫބު ލޯރޑް ތާރިޤް އަޙްމަދާއި؛ މިނިސްޓަރ ފޯ އޭޝިއާ، އެނާރޖީ، ކްލައިމެޓް އެންޑް އެންވާރަމެންޓް ލޯރޑް ގޯލްޑްސްމިތް އާއި؛ ކޮމަންވެލްތް އެންޑް ޑިވެލޮޕްމެންޓް އޮފީހުގެ މިނިސްޓަރ ފޯ ޑިވެލޮޕްމެންޓް އެންޑްރިއު މިޗެލް އާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މިނިސްޓަރު ޝާހިދު ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުމަށް އަލިއަޅުވާލައްވަމުން، ދެގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ އިތުރުން މަލްޓިލޭޓަރަލް ދާއިރާއިންވެސް އެއްބާރުލުން އިތުރަށް އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރުގެ ޝައުގުވެރިކަން ހުރިކަން ވަނީ ފާޅުކުރައްވާފައެވެ.

ހަމަ އެއާއެކު ކޮމަންވެލްތް އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސީޑަބްލިޔުއީއައިސީ) ގެ ޑެޕިއުޓީ ޗެއާރމަން ސަރ ހޫގޯ ސްވެޔަރ އާއި؛ އިނގިރޭސިވިލާތުގެ މަޖިލީހުގެ މެންބަރުންނާއި ވެސް މިނިސްޓަރ ޝާޙިދު ވަނީ މިދަތުރުފުޅުގައި ބައްދަލުކުރައްވާފައެވެ. އަދި މިނިސްޓަރ ޝާޙިދުގެ މި ދަތުރުފުޅުގައި އޮކްސްފޯޑް ޔޫނިއަން ސޮސައިޓީގައި ލެކްޗަރ އެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާޙިދާއިއެކު ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލް އާއި، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް އާއި ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު ގެ އިތުރުން އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ މޫސާ ޔާމީން ޝާޙިދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In