މ. މުލީގައި ތަރައްގީ ކުރަމުންދާ މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސިސީން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ރަންވޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޓާރމިނަލް އިމާރާތުގެ ފައުންޑޭޝްން މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމު ކުރާނެ އެވެ.
މީގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ކުރުމަށް ހަަޖެހިފައިވެ އެވެ.
މި މަޝްރޫޢަކީ 243.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ