މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޓިވް އޮފީހުގެ ސީއީއޯއަކަށް ސުޖާތާ ޙަލީމް އައްޔަންކޮށްފިއެވެ.
ޕެންޝަން އޮފީހުން ބުނީ 2015 އިން ފެށިގެން އެ އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަޤާމު އަދާކުރައްވާފައިވާ ސުޖާތާއަކީ ޒަމާނީ ޕެންޝަން ނިޒާމެއް ތަޢާރަފުކުރަން ކުރި މަސައްކަތުގެ އެންމެ ކުރީ ސަފުގައި މެދުނުކެނޑި 16 އަހަރު ޚިދުމަތްކުރެއްވި ކަނބަލެއް ކަމަށެވެ.
މީގެ އިތުރުން ޕެންޝަނާބެހޭ ޤާނޫނު އެކުލަވައިލައި ތަންފީޒުކުރުމުގައި ސުޖާތާ އިސް ރޯލެއް އަދާކުރެއްވިކަން ވެސް ފާހަގަކުރިއެވެ. އަދި ވޯލްޑް ބޭންކުން ކުރިއަށް ގެންދިޔަ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް ހިންގުމުގައި ރޯލެއް އަދާކުރެއްވިކަން ވެސް ފާހަގަކުރިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވީ ޖޯން ގްރިންޑަލް ކިޔާ ބޭފުޅެކެވެ. އޭނާއަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުމުން ވަނީ މަޤާމުން ވަކިކޮށްފައެވެ.