ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް އިނީ އާލިއާގެ ދަރިފުޅު ދެކިލާ ހިތުން ކެތް މަދުވެފައި ކަމަށް އޭނާ ހާމަކޮށްފިއެވެ.
އެގޮތުން އާލިއާ އާއި ކެޓްރީނާ ދެކޭ ގޮފް އެހުމުން އޭނާ ވަނީ އާލިއާ އަށް އޭނާ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށާއި އޭނާ ހުރީ އާލިއާގެ ދަރިފުޅު ދެކިލާ ހިތުން ކަމަށެވެ.
އާލިއާ އަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް ކަމަށާއި ކައިވެންޏަށް ފަހު މައިބަނޑުވި ނަމަވެސް އާލިއާގެ ކެރުމަށް ބަދަލެއް ނާންނަ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ކެޓްރީނާ އާއި އާލިއާގެ ފިރިމީހާ ރަންބީރު ކަޕޫރު ވަނީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅި އެތައް އަހަރެއް އުޅެފައެވެ. މިދެ ފަންނާނުންގެ ގުޅުން ނިމުން ނަމަވެސް ދެމީހުން އަކީ އެކުވެރިން ކަމަށް ވެސް ކެޓްރީނާ ވަނީ ހާމަކޮށްފައެެވެ.