ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ”މިލީ“ އަކީ އޭނާއަށް ތަފާތު ތަޖުރިބާއެއް ކުރެވުން ފިލްމެއް ކަމަށް އޭނާ ހާމަކޮށްފިއެވެ.
މަތުކުއްޓީ ޒަވިއާ ޑައިރެކްޓް ކުރާ މިފިލްމަކީ މަލަޔަލަމް ގެ ހިޓް ފިލްމު ހެލެންގެ ހިންދީ ރިމޭކް އަކަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ދުނިޔޭގައި ގިނަ ދުވަހު ހުރުމަށް އަންހެނަކު ފްރީޒާ އެއްގެ ތެރޭގައި ހުންނަތަން ދައްކުވާދޭ ފިލްމެކެވެ.
ޖާންވީ ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިންއަށް ފަހުގައި އޭނާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް އަސަރުކޮށްފައި ކަމަށާއި ހުވަފެނުން ވެސް އޭނާއަށް ފެންނަ ކަމަށެވެ.
މުޅި މީހާއެއްކޮށް ބަލިވެ އެކި އުނދަގުލާއި އެކުގައި ވެސް އޭނާ ވަނީ މި ފިލްމު އެއްކޮށް ނިންމާފައި ކަމަށާއި އޭނާގެ އެދުމަކީ ވީހާ ވެސް ގިނަ މީހުން މި
ފިލްމު ބަލަން ދިއުމަށް ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.