އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ވިރާތު ކޯލީ އޭނާ ކުޅެން ގޮސް ހުރި ހޮޓެލްގެ ރޫމުގެ ވީޑިއޯ އެއް ލީކު ކޮށްލައިފިއެވެ.
މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ވީޑިއޯ އަކީ އެ ހޮޓެލްގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ނަގާފައިވާ ވީޑިއޯ އެއް ކަމަށެވެ. އެގޮތުން އޭނާ މި ވީޑިއޯ ނަގައިފާ ވަނީ ވިރާތު ކޮޓަރިން ބޭރަށް ނުކުތް ވަގުތުގައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ވީޑިއޯގައި ވިރާތު ކޮޓަރި ތެރޭގައި އެއްޗެހި ބަހައްޓަފައި ހުރި ގޮތާއި އޭނާ އަލަމާރީގައި ހެދުން ބަހައްޓާފައި ހުރި ގޮތް ފެންނަ ގޮތަށް ވީޑިއޯ ކުރުމަށް ފަހުން އެމީހާ ވަނީ ސޯޝަލް މީޑިއާއަށް ލައިފައެވެ.
މިކަމާއި ގުޅިގެން ވިރާތު ހާމަކޮށްފައިވާ ގޮތުގައި މިކަމާއި މެދު އޭނާ ވަރަށް ހިތް ހަމަ ނުޖެހޭ ކަމަށާއި ސަޕޯޓު ކުރި ނަމަވެސް އޭނާގެ އަމިއްލަ މިނިވަން ކަމަށް އެހެން މީހުން އަރައިގަނެގެން ނުވާނެ ކަމަށެވެ.
އަންހެނުން ބަތަލާ އަނުޝްކާ ވެސް ވަނީ މިކަމާއި ގުޅިގެން ނުރުހުން ފާޅު ކޮށްފައެވެ. އަދި ސަޕޯޓަރުން ވެސް ލިމިޓް އިން ނައްޓާގެން ނުވާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.