ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ 3 އަހަރަށް ފަހު އިންޑިއާއަށް އަންނަ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
ހޮލީވުޑްގެ ލަވަކިޔުން ތެރިޔާ ނިކް ޖޯނަސް އާއި ކައިވެނި ކޮށް އެމެރިކާގައި ދިރިއުޅެމުން އަންނަ ބަތަލާ މިފަހަރު އިންޑިއާއަށް އަންނަނީ އޭނާގެ އަންހެން ދަރިފުޅު މަލްޓީ މަރީ ގޮވައިގެން ކަމަށް ވެސް ބޭރުގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.
އެހެން ކަމުން މިއީ ޕްރިޔަންކާ އޭނާގެ ދަރިފުޅު ގޮވާއިން އިންޑިއާއަށް އަންނަ ފުރަތަމަ ފަހަރެވެ. މި ހަބަރާއި އެކު ޕްރިޔަންކާގެ ސަޕޯޓަރުން ދަނީީ އޭނާގެ ދަރިފުޅު ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެ އުފާފާޅު ކުރަމުންނެވެ.
ޕްރިޔަންކާ ހާމަކޮށްފައިވާ ގޮތުގައި އޭނާ އިންޑިއާއަށް ނާއިސް އަހަރުތަކެއް ވެފައި ވަނީ ކޯވިޑްގެ ބަލި މަޑު ކަމާއި ގުޅިގެން ކަމަށެވެ. އަދި ދަރިފުޅު ލިބި ބިޒީ ވުމާއި ގުޅިގެން ވެސް އޭނާއަށް ގައުމަށް އަންނަން އުނދަގޫވެފައިވާ ކަން އޭނާ ވަނީ ހާމަކޮށްފައެވެ.