ރާއްޖޭގެ ރިސޯޓެއްގައި ނަޞާރާދީނުގެ މީހުން ފާހަގަކުރާ ހެލޮވީން ފެސްޓިވަލް ފާހަގަކުރިކަމަށް ބުނާ ވީޑިއޯއެއް ޢާންމުވެއްޖެއެވެ.
އެކަން ފާހަގަކުރިކަމަށްވަނީ ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްސް ރިސޯޓުގައެވެ.
ހެލޮވީން ފެސްޓިވަލް ފާހަގަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރައްވައި ޝައިޚް އާދަމް ނިޝާން މިރޭ ވިދާޅުވީ މިހާރު ދަމުންގޮސް އެންމެ ފަހުން މި ރާއްޖޭގައި ޞަލީބުވެސް ޖަހައިގެން ނަޞާރާ ދީނުގެ ފެސްޓިވަލްތައް ފާޅުގައި މިހިރަ ދަނީ ފާހަގަ ކުރަމުން ކަމަށެވެ.
”މިއީ ރިޒް ކާޓަން މޯލްޑިވްސް ފަރި އައިލެންޑްސް ނަޞާރާދީނުގެ މީހުން ފާހަގަކުރާ ހެލޮވީން ފެސްޓިވަލް ފާހަގަކުރުމަށް މިއަހަރު އެރިޒޯޓުގައި ޞަލީބު ވެސް ޖަހައިގެން ހަދާފައިވާ ތަނެއްކަމަށް މަޢުލޫމާތު ލިބިފައިވޭ.“ ވީޑިއޯއެއް ހިއްސާކުރައްވައި ޝައިޚް ނިޝާން މިރޭ ވިދާޅުވިއެވެ.
ޝައިޚް ވިދާޅުވީ އެމްޑީއެން ސަރުކާރުގެ ސިއްރު އެޖެންޑާތައް މިހާރު މިދަނީ ފާޅުގައި ތަންފީޒު ކުރަމުން ކަމަށެވެ.
”މި ކުފުރާއި ޝިރުކުން މި ފަސްގަނޑު ނަޖިސްކުރަމުންދާއިރު އަޅުގަނޑުމެން މިކަމާއި ހަމަ އަޅައިވެސް ނުލާ ތިބެންވީތޯ؟ މިއަދު މިކަންކަން ވަރިހަމަކޮށްލައިގެން ތިބެއްޖެނަމަ މާދަމާ މިކަމުގެ ހިތި ދެކޭނެ.“
ހެލޮވީން ފެސްޓިވަލަކީ މަރުވެފައި ތިބޭ ނުބައި ރޫހުތައް ކަށްވަޅުން ތެދުވެގެން އައިސް މީހުންނަށް އަނިޔާކުރާނެކަމަށް ގަބޫލުކޮށް އެ މީހުން ތިބޭ ސިފައަށް ބަދަލުވެ އެ ރޫޙުތަކަށް އޮޅުވައިލުމުގެ ވިސްނުމުގައި އެ ގޮތަށް ހެދުން އަޅައިގެން ޕާޓީ ބާއްވައި ނަށައި، ބިރުވެރި މިއުޒިކްތައް ހިމަނައިގެން ނަޞާރާއިން ފާހަގަކުރާ ފެސްޓިވަލެކެވެ.
މީނަ ނުދެނެހުރި މިރާއްޖޭގެ ކަޑުގަ ބުދުކޯލެއް ބެހެއްޓި ކަމެއް ދޯ