އެމްޑީޕީއަށް 2018 ލިބުނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ރަނގަޅުވީމާކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެއާއި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދާ ދެމެދު ޓްވިޓާގައި ރޭ ހިނގި ޒުވާބެއްގެ ތެރެއިން ވައްޑެ ވިދާޅުވީ އެމްޑީޕީއަށް 2018 ލިބުނީ 2008 އިން 2012 އަށް ކުރި ވެރިކަން ރަނގަޅުވީމާ އެމްޑީޕީއަށް ރައްޔިތުން ދިން ވޯޓުގެ ސަބަބުން ކަމަށެވެ.
”އެހެން ނޫންނަމަ މި ވެރިކަމެއް ނައީސް“ ރައީސް ޞާލިޙްގެ ވެރިކަމަށް ޢިޝާރަތްކުރައްވައި ވައްޑެ ވިދާޅުވިއެވެ.
ވައްޑެއަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވީ ވެރިކަން ލިބުނީ އެހެންވެ ނޫން ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގެ ނުބައިކަމާއި އަނިޔާވެރިކަމުން ރައްޔިތުން ނުކުމެ ބަދަލުކުރީ ކަމަށެވެ.
ވައްޑޭމެން ގައިގައި ހިތްވަރު ހުރީޔާ ދެވަނަދައުރެއް ވެސް ހޯއްދަވާނެ