2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ރިޔާސީ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވުންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅައިފައެވެ. އެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ޝަރީފް ވިދާޅުވީ އެ ބަޖެޓުގެ އަމާޒަކީ އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށެވެ.
އަދި އެއީ ހާސިލު ނުކުރެވޭނެ ކަންތައްތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.