ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން އުޅެނީ ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވީ ރައްޔިތުންގެ އަތުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުނުކުރުމަށް ކަމަށެވެ.
ނަމަވެސް ސަރުކާރުން އެކަން ކުރީ ބޭކާރު ޚަރަދުތައް އިންތިޚާބާ ދިމާކޮށް އިތުރަށް ކުރުމަށް ކަމަށާއި, ރައްޔިތުން ނިކަމެތި ކުރުމަށް ކަމަށެވެ.
ސަރުކާރުން ހުށަހެޅީ އަންނަ ޖަނަވަރީ މަހުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ.
ސަރުކާރުން ހުށަހެޅި ބިލު ސަރުކާރުން ފޮނުވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްވީ 50 މެންބަރުން ވޯޓާއެކުއެވެ. ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ.
ކޮމިޓީން އެ ގޮތަށް ނިންމި ނަމަވެސް ބިލު އަލުން މަޖިލީހަށް ހުށަހަޅައިގެން ބިލާމެދު ގޮތެއް ނިންމާނެއެވެ.