އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ކަސްޓަމްސްގެ އޮފިސަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް އާއެކު ކަސްޓަމްސްގެ ދެ އޮފިސަރަކު އެއް ޖިންސުން ގުޅުން ހިންގި މައްސަލަ ފުލުހުން ބަލަން ފެށުމުން އެ މީހުން ސަސްޕެންޑްކުރިކަން ކަސްޓަމްސްއިން ހާމަކުރީ އޯގަސްޓުމަހުގައެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު “ދިޑެއިލީ“ އަށް މިރޭ ވިދާޅުވީ އެ ދެ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން އެކަކަށް އިއްޔެ ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާއިރު, އަނެއް މީހާގެ މައްސަލަ އޮތީ ކިހާ ހިސާބަކުކަމެއް ސާފުވާ ގޮތެއް ނުވިއެވެ.