މިރޭ ވެސް ރާއްޖޭގެ ދެކުނަށް ވިއްސާރަކުރާނެ މެޓް އޮފީހުން ލަފާކޮށްފިއެވެ.
އެ އޮފީހުން ބުނީ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި, ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށާއި, ނަމަވެސް އުތުރުގެ މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ދެކުނުގެ އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް ލަފާކޮށްފައެވެ. ނަމަވެސް އެހެން ސަރަހައްދުތަކުގައި ކަނޑުތައް މަޑުވާނެކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
ދެކުނުގެ މޫސުން ގޯސްވާނެތީ ސަމާލުވުމަށް ވެސް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.