މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ މަންޒަރުތައް ފެންނަ ކުރެހުންތައް މިއަދު ދައްކާލައިފި އެވެ.
އެ ކައުންސިލުން ކުރި ޓުވީޓެއްގައި، އެ މަގަށް ގެންނަން ނިންމާފައިވާ ބަދަލުތައް ފެންނަ ހަތަރު ފޮޓޯއެއް އާންމުކޮށްފައިވެ އެވެ.
ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ދެކުނު ފަރާތުން، އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް މިހާރު ހުރީ ކަދުރު ރުއް ވެސް އިންދައިފަ އެވެ. އަދި އެ ރުއްތަކުގެ ބުޑުގެ ވަށައިގެން، ތިރި ފާރެއް ރާނައި، ވެލި އަޅާފައިވެ އެވެ.
ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯތަކުގައިވާ ގޮތުން އެ ރުށްތަކުގެ ބުޑުގައި ރީތި މާގަސްތައް އިންދާނެ އެވެ
އެ ކައުންސިލުން ކުރިން ބުނި ގޮތުގައި އެ މަގުގައި ކަދުރު ރުއްތައް އިންދަން ނިންމީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމަށް ފަހުގަ އެވެ.


އެ މަސައްކަތަށް ކުރާ ހަރަދުގެ ތަފުސީލް ކައުންސިލްއިން ހާމަކޮށްފައިނުވި ނަމަވެސް އެ ކަދުރު ރުއްތަކަކީ ކައުންސިލުން ބިޑަށް ހުޅުވާލައިގެން، ގަނެގެން ގެނައި ރުށްތަކެއްކަމަށް ޚަބަރުލިބިފައިވެއެވެ.
މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދަން ވެސް ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. އެ ޕްރޮގްރާމްގެ ތެރެއިން މި އަހަރު މެދުތެރޭގައި އަމީނީމަގުގައި އަނބުގަސްތަކެއް ވެސް އިންދި އެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ކާނިވަލުގައި ގަސް ވިއްކާ ފިހާރައެއް ވެސް ހުޅުވައިފަ އެވެ.
ތޮއްޖެހިފައިވާ މާލެއިން ތިހާބޮޑަށް ހުސްޖާގަ އޮންނަގޮތަށް ތިކަންކުރާނެގޮތެއް އެހެރަ ޢިމާރާތްތައް ތަޅާލައިގެން ނޫނީ ނޯންނާނެ. އިންތިޚާބަށް ރައްޔިތުންގެ ސިކުނޑިތައް ރަންބުއްދިކުރަން އިންޑިޔާގެ މަންޒަރުތައް ސިފަކޮށްދިނަސް ހޭބުއްދިފިލާފަތިބި މަދުބަޔަކަށްނޫނީ މިވާއެއްޗެއް ނިކަން ރަނގަޅަށް ސާފުވެ އެނގޭނެ. ކުލަމަންޒަރެއް ޙަޤީޤަތަކަށް ހެދޭހާ ޤާބިލު ކަމެއްނެތް.