މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ސިޓީ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތޯރިގް ފޮނުއްވި ސިޓީގައި ވަނީ، ދިވެހިރާއްޖޭގެ ހާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި ފުށުއެރުންތަކެއް ހުރިކަމަށްބުނެ ބައިނަލްއަޤްވާމީ ޓްރައިބަިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިގެން ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖެއިން ގަބޫލުކޮށް، މޮރިޝަންސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކޮށްފައެވެ.
ތޯރިގްގެ ސިޓީގައި ބުނެފައިވަނީ މިކަމުގައި ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުން ބައެއް އުނިވާ ކަމަށެވެ. އެހެންކަމުން މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުވިސިޓީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ގެނެސް އެ މައްސަލަ ބެލުމަށް ތޯރިގް ވަނީ އެދިފައެވެ.