އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުޤައްރިރަކަށް މިފަހަރުވެސް، ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.
ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒު ކަނޑައެޅުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ބަޖެޓު ކޮމިޓީގެ މުގައްރިރުކަމާއި ނާއިބު މުގައްރިރުކަން ކުރައްވަނީ ނާޝިޒްއާއި މުޙައްމަދު ރަޝީދެވެ. ބަޖެޓު ކޮމިޓީ އަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިޤްތިޞާދީ ކޮމިޓީ އެކުލެވޭ ޖޮއިންޓް ކޮމިޓީއެކެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ދައުލަތުން ހުށައެޅީ 42.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ނޮވެމްބަރު 11 އިން 16 ވަނަ ދުވަހާއި ހަމައަށްކަމަށެވެ. އަދި ބަޖެޓު ދިރާސާކުރުމަށްފަހު މުޅި ބަޖެޓް ތަޅުމުން ފާސްކުރުމަށް ތައާވަލުކޮށްފައިވަނީ ނޮވެމްބަރު 30 ގައިކަމަށް ވިދާޅުވިއެވެ.
Rozeynaa raees Iburaahimah mivarakah Sanaa mi kianee mihen e thoa??