ފޯޅަވަހީގެ ސަރަހައްދު ދޫކޮށްލަން ސަރުކާރުން ނިންމުމަކީ ވެރިއަކު އަމިއްލަ މަސްލަތަށް ގައުމަށްވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ކުރީ ސަރުކާރުގައި ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވާފައިވާ ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރަޙައްދުތައް ހިމާޔަތްކުރުމަކީ ވެރިއެއްގެ އެންމެ އަސާސީ ޒިންމާ ކަމަށާއި ފޯޅަވަހީގެ ސަރަޙައްދު ދޫކޮށްލި އިރު ގާނޫނީ އެއްވެސް ޙުއްޖަތެއް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ސަރުކާރަށް ދެއްކިފައިނުވާކަމަށެވެ.
ރައީސް ވިދާޅުވީ މި މައްސަލައިގައި މިހާރުވެސް ދަމަހައްޓަމުން އަންނަނީ، މިކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތު ކަމަށެވެ. އަދި މި މައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ކަމަށާއި ވަކި ސަރުކާރަކާ އެކީގައި ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
މިކަމުގައި ވެސް، ވަކި މީހެއްގެ އަމިއްލަ ބޭނުމަކަށް، ނޫނީވިއްޔާ ވަކި ބައެއްގެ އަމިއްލަ ބޭނުމަކު ނުވަތަ ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ، ވަރަށް ދެރަ މައްސަލައެއް،“ ރައީސް ވިދާޅުވި އެވެ. ”އެފަދަ ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ، އެއަށްވުރެ މާބޮޑަށް ހިތާމަހުރި ކަމެއް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައި ވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް، މި ސަރުކާރަކުން މިހާތަނަށްވެ ސް ނިންމާފައެއް ނޯންނާނެ ކަމަށާއި އަދި ދެން ވެސް، އެފަދަ ގެއްލުމަކަށް މި ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް ވިދާޅުވި އެވެ.
ޖަމީލު މެން ސަރުކާރުން ފޯޅަވަހި ސަރަހައްދު ހޯދުމަށް ބައިނަލް އަގުވާމީ ކޯޓެއްގައި މައްސަ ހުށަހެޅިންތޯ އަދި ކިރިޔާ ދޯ ތިއެނގެނީ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން ގަމީސް ނުބަލައި ގަމީސް ލައިގެން އުޅުނު ވެރިކަމެއް ކޮށްފަ ގޮސް ދޯ ތިހުރީ ކޮއިފުޅާ ބުނަންތަ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން ކަށަވަރު އަހަރެން ރާއްޖޭގެ ރައީސް ކަމުގަ ހުންނަ ދުވަހު ހަނގުރާމަ ކޮށްގެން ވެސް އެތަން އެއްކޮށް ހޯދާނަން. އަދި މަލިކުވެސް ހޯދާނަން. އޭގެ ފަހުން ސެސެލުވެސް