ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މި މަހުގެ 25 ވަނަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
ރަޝީދުގެ އާއިލާއާއި ހަވާލާދީ ބައެއް މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި ރަޝީދުގެ ހަށިގަނޑު މިއަދު ހެދުނު އިންޑިއާއަށް ގެންގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.
ރަޝީދުގެ އާއިލާއިން އޭނާގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވާ ހަށިގަނޑު ހޯދުމަށް އެދި ހުށަހެޅި މައްސަލައިގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އިއްޔެ ސިވިލް ކޯޓުން ވަނީ ނިންމާފަ އެވެ.
ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާގެ އިތުރުން އަދި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލާގައި، ފުލުހުންގެ ތެރެއިން އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހޯނޑެއްދޫ ކައުންސިލުން ގޮވާލާފައިވެ އެވެ.
އާއިލާއިން ކަންކުރާ ގޮތުން: ފުރަތަމަވެސް ފުލުހުންގެ ބޮލުގައި އިލްޒާމް އަޅުވާ އެތަކެއް ތުހުމަތުކޮށް މައްސަލަ ބަލަންފެށީމަ މަަސްގަނޑުދޭށެ ބުންޏަސް ނުދެވޭނެ އެއްނު.
މިސަރުކާރުގައި މިއޮތީ ހޮދު މުހުތާރު އަނިޔާވެރިކަން ހައްދު ހުދޫދުން ނެއްޓިފަ އަހަރެންހީކުރީ ކުރީގެ ސަރުކާރުތަކުން ނުކުރި ކިތައްމެ ކަމެއް ރަގަޅުކޮށް ދޭނެ ކަމައް އެކަމަކު ކަންތައްމިދިޔައީ ހީވެސް ނުކުރާހާ ނުބައިކޮށް