ބޮލީވުޑްގެ ބަތަލް އާމިރު ޙާންގެ މަންމަ ޒީނަތު ހުސައިން އަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ހާމަކޮށްފިއެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ޒީނަތު އަށް ހާޓް އެޓޭކެއް ޖެހިފައިވަނީ ދިވާލީ ފާހަގަ ކުރަން ފެސްޓިވަލްގައި ހުއްޓާކަމަށެވެ.
އެގޮތުން އޭނާއަށް ހާޓް އެޓޭކަށް ޖެހުމާއި އެކު އޭނާ ވަނީ ”ބްރީޗް ކޭންޑީ“ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި އާމިރު ޙާންގެ އިތުރުން އާއިލާ އެހެން މެންބަރުން ވެސް މިވަގުތު ވަނީ ހޮސްޕިޓަލްގައި ކަމަށެވެ.
އެގޮތުން މިހާރު އޭނާގެ ހާލަތު އަންނަނީ ރަނގަޅު ވަމުން ކަމަށާއި ވަރަށް އަވަހަށް ފޮނުވާ ލާނެ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.