ސްޓެލްކޯގެ މުވައްޒަފުންތަކެއް ޖަރުމަނުވިލާތުން ތަމްރީނުތަކެއް ފުރިހަމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހަތަރު މުވައްޒަފަކު ޖަރުމަނުވިލާތުގެ އެމް އޭ އެން މައި އިންޖީނުގެ ސްޓެންޑަރޑް އެންޑް އެޑްވާންސް ތަމްރީނުތަކެއް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
ތަމްރީނުތައް ކުރިއަށްދިޔައީ މި މަހުގެ 17 އިން 28 ގެ ނިޔަލަށެވެ.
މި ތަމްރީނުގެ ސަބަބުން އިންޖީނުތައް ރަނގަޅު ކޮންޑިޝަންގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް މުވައްޒަފުން އިތުރަށް ހުނަރުވެރިވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.