މިއީ ތާރީޚް ދިރާސާކުރައްވާ މުޙައްމަދު ނާޖިހްދީދީ މީސްމީޑިއާއަށް ދޫކޮށްލެއްވި ފޮޓޯއެކެވެ. ނާޖިހް ވިދާޅުވީ ފޮޓޯއިން ފެންނަނީ 1974 ވަނަ އަހަރާއި 1976 ވަނަ އަހަރާ ދެމެދު ރާއްޖޭގެ ކޮންމެ ވެސް ރަށެއްގެ މަންޒަރު ކަމަށެވެ.
ނާޖިހް ވަނީ ފޮޓޯއިން ފެންނަނީ ކޮން ބައެއްކަން އެނގޭ މީހަކު ހުރިތޯ ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބުދެއްވީ މަޖީދިއްޔާ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކޮއްކޯފުޅު ޢާއިޝަތު މުޙައްމަދު ޞާލިޙެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޮޓޯއިން ފެންނަނީ ރައީސް ޞާލިޙާއި އެ މަނިކުފާނުގެ މަންމާފުޅުގެ އިތުރުން ޢާއިލީ ބޭފުޅުންނެވެ.
އެއީ މީގެ 45 ވަރަކަށް އަހަރު ކުރިއެވެ. އެ ފޮޓޯއަކީ ރާއްޖެއަށް ޒިޔާރަތް ކުރެއްވި ޕްރޮފެސަރު ފްރޭންކް ހައިޑަމަން ނެންގެވި ފޮޓޯއެކެވެ.