ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެތެރެއިން އޭ ކެޓަގަރީގައި ހިމެނޭ 27 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތަށް އަލުން ހުޅުވާލައިިފިއެވެ.
އެ ފުލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވައިލިއެވެ.
ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ބުނީ ކުރިން ކުރިން އިއުލާނާއެކު ޢާންމު އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށާއި، އެ ބަދަލު ގެނައީ މިނިސްޓަރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ލަފާގެ މަތިން ކަމަށެވެ.
އެ ގޮތުން ކުރިން ކުރި އިޢުލާން ގެ ދަށުން އޭ ކެޓަގަރީއަށް ހުށަލެޅިފައިވާ ފޯމްތައް ބާތިލްކޮށް އަލުން އޭ ކެޓަގަރީގައި ހިމެނޭ 27 ފްލެޓަށް އެދުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވައިލާ ކަމަށެވެ.
އެ ފުލެޓުތައް ޚާއްސަކޮށްފައިވަނީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށެވެ.
ފުލެޓުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރު 2022 ވާ ބުދަ ދުވަހުގެ 14:00 އެވެ. ފުލެޓުތަކަށް އެދޭ ފޯމު ދޫކޮށް ބަލައިގަންނާނީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންނެވެ. އޮފީހުގެ ކައުންޓަރުން ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށެވެ.